ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އެޕްރީލް މަހުގެ ނިޔަލަށް ދަންމާލައިފި
އަދަދު
26 ފެބްރުއަރީ 2026 | ބުރާސްފަތި | 9:45
ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ ނިޔަލަށް ދަންމާލައިފި އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީން ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4، ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށެވެ.
ނަމަވެސް، މިއަދު ވަކިވަކިން ނެރުނު ދެ އިއުލާނެއްގައި ބިމާއި ފްލެޓަށް އެދުމުގެ ސުންގަޑިއަކީ އެޕްރީލް 30، ގެ 23:59 ކަމަށް ވަނީ ކަނޑައަޅާފަ އެވެ.