ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަނީ
އަދަދު
26 ފެބްރުއަރީ 2026 | ބުރާސްފަތި | 10:21
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1،000 ފްލެޓު އަޅައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މި މަޝްރޫއު ހިންގުމަށް ފޭސް ތިނަކުން ފަސް ބިން ހަމަޖައްސާފައިވާއިރު ކޮންމެ ބިމެއްގައި ވެސް 200 ޔުނިޓު އަޅަން ޖެހެ އެވެ. ބިން ހަވާލުކުރާތާ 30 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހެ އެވެ.
މިއީ ފުރަތަމަ ފަހަރަށް ފްލެޓު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކެކެވެ. މިއީ ވެސް ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.