އަނބިމީހާ މަރާލިކަމުގެ ތުހުމަތު އަމާޒުވާ މާވިން އިސްލާމްވެއްޖެ
އަދަދު
26 ފެބްރުއަރީ 2026 | ބުރާސްފަތި | 10:41
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު އަމާޒުވާ މާވިން ވާގަސް އިސްލާމްދީން ގަބޫލުކޮށްފި އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިނާއި، މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މަރާލުމުގެ ދައުވާ ކުރަނީ މާވިނަށެވެ. ލަމްހާއަށް ކުރަނީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި ހުއްދަ ނޫން ބޭސްތަކެއް ނެގި ކަމުގެ ދައުވާ އެވެ.
މި މައްސަލައިގައި ހުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި މާވިންގެ ފަރާތުން އޭނާ އިސްލާމްވިކަން ކަށަވަރުކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ލިޔުން ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.