ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުނިސިޕަލް އެލަވަންސެއް ދޭން ޒަރިޔަންދު ވައުދުވެއްޖެ

އަދަދު

27 ފެބްރުއަރީ 2026 | ހުކުރު | 2:25

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު، އެ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން "މުނިސިޕަލް އެލަވަންސް" އެއް ތައާރަފްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.

މައްޗަންގޮޅީގައި ރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ޒަރިޔަންދު ވިދާޅުވީ، އޭނާ މޭޔަރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުވެސް ސިވިލް ސާވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާ ގުޅިގެން މި މަސައްކަތް ފަށްޓަވާނެ ކަމަށެވެ. މި އެލަވަންސް ދިނުމުގައި ބަލާނީ ހެކީގެ މައްޗަށާއި، ކުރެވޭ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، މުވައްޒަފުން ކުރާ މަސައްކަތުގެ ނިސްބަތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލް މުވްޒަފުންގެ މުސާރަ މުސާރަ ބޮޑުކުރި ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، ހަގީގަތުގައި ގިނަ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

މައުޟޫޢުތަށް