ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ މި ސަރުކާރާ ދެކޮޅަށް އެންމެން ތެދުވާންޖެހޭ: ފައްޔާޒް

އަދަދު

27 ފެބްރުއަރީ 2026 | ހުކުރު | 5:06

ކޮންމެ ކެމެރާއަކާއި މައުލޫމާތެއް ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އަދުގެ ސަރުކާރާ ދެކޮޅަށް ހިޔާލުތަފާތުވުންތަކާއެކު ވެސް އެކަތިގަނޑަކަށް ވާންޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފާރަލުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަށްފަހު، އެއީ ކިހާ ސީރިއަސް އަދި މުޑުދާރުކަމެއްކަން ނޭނގި ހުންނަވައި އިހުސާން ސޯޝަލްމީޑިއާގައި އެ ވާހަކަ ހިއްސާކުރެއްވިކަން ގަބޫލު ވެސް ކުރައްވަން ދަތި ކަމަށެވެ.

ދިވެހިރާއްޖެ މިއަދު މިސްރާބު ޖަހާފައި ހުރީ ވަރަށް ނުރައްކާތެރި، ބިރުވެރި ދިމާލަކަށް ކަމަށާއި، ސަރުކާރަށް ލިބޭ ކޮންމެ މައުލޫމާތެއް، ކޮންމެ ކެމެރާއެއް ވެސް ބޭނުންކުރަމުން ދަނީ ރައްޔިތުން ކޮންޓްރޯލްކޮށް ވޯޓު ވަގަށް ނެގުމަށް ކަމަށް އެ ޕޯސްޓުގައި ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.

މައުޟޫޢުތަށް