ޕީއެންސީއަށް ކެމްޕެއިން ނުކުރާ ސިޔާސީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިފި

އަދަދު

27 ފެބްރުއަރީ 2026 | ހުކުރު | 10:49

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ނޫޅޭނަމަ، ގދ. މަޑަވެއްޔަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން އިސްތިއުފާ ދޭންޖެހޭ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ޝަމީޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މަޑަވެލީގެ މީހުން ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ނޫޅޭނަމަ، ސިޔާސީ މަގާމުތަކަށް ކުފޫ ހަމަނުވާ ކަމަށެވެ.

"ގާނޫނުއަސާސީގެ 115 މާއްދާއިން ރައީސް މަގާމުތަކަށް އައްޔަނުކުރައްވާފައިވާ މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މީހުންގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުންނަށް ކެމްޕޭނު ނުކުރެވޭނަމަ، މަގާމުތަކަށް އެކަށީގެން ނުވޭ، އެފަދަ ބޭފުޅުންނަށް އޮތީ ދެ ގޮތް، މަގާމުގައި ދެމިހުރުން ނުވަތަ އިސްތިއުފާ ދިނުން،" ޝަމީޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް