ގިރާވަރު ފަޅުގެ ފުން ސަރަހައްދު ހިއްކަން ފަށައިފި
އަދަދު
28 ފެބްރުއަރީ 2026 | ހޮނިހިރު | 3:13
ގިރާވަރު ފަޅު ހިއްކުމުގެ ފަހުގެ ޕްލޭނުގައި އޮތް ގޮތަށް، ހިއްކާ ސަރަހައްދުގެ ވަށައިގެން ވެލި އަޅާ ބަންދުކުރުމަށް ފަހު އެ ފަޅުގެ ފުން ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ކުރީ ސަރުކާރުގައި ގިރާވަރު ފަޅުން ހިއްކަން ނިންމީ 120 ހެކްޓަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހިއްކާ ސަރަހައްދު ބޮޑުކޮށް، ފުން ސަރަހައްދު ހިމެނޭ ގޮތަށް ގިރާވަރު ފަޅުން އިތުރު 49 ހެކްޓަރު ހިއްކަން ނިންމާފަ އެވެ.
ގިރާވަރު ފަޅުން ހިއްކާ ބިމުގެ ތެރެއިން 69 ހެކްޓަރަކީ ފުން ފަޅުގެ ސަރަހައްދެވެ. ތިލަ ފަރުން ހިއްކަނީ 97 ހެކްޓަރެވެ. މި ޕްލޭނާ އެއް ގޮތަށް މި ފަޅު ހިއްކާ ނިމޭއިރު ބިމުގެ ޖާގައިގައި 169 ހެކްޓަރު ހުންނާނެ އެވެ. މިއީ ހުޅުމާލޭ ފޭސް އެކަކަށް ހިއްކި 188 ހެކްޓަރާ ގާތްކުރާ ވަރުގެ ސަރަހައްދެކެވެ.