އެންމެންނާ ގުޅިގެން ސަރުކާރުން ކުރާ ވިޔާނުދާ ކަންކަން ހުއްޓުވަން ބޭނުން: ޔާމީން
އަދަދު
28 ފެބްރުއަރީ 2026 | ހޮނިހިރު | 2:59
އެންމެންނާ ގުޅިގެން ސަރުކާރުގެ ގޯސްތައް ހުއްޓުވަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން ވިދާޅުވީ ފިކުރުގެ ގޮތުންނާއި ޕޮލިޓިކަލް އައިޑޮލޮޖީގެ ގޮތުން ދިމާނުވިޔަސް، ބޮޑު ޝައިތާނަކު ދުއްވާލުމަށް ދެ ޝައިތާނުން ވެސް އެއް ގަލަކަށް އަރާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވޭ ހުރިހާ އެންމެންނާ ގުޅިގެންވެސް އެނގޭތޯ މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންތައްތައް ހުއްޓުވޭނެ ގޮތެއް ހަދަން. އެއީ ފިކުރުގެ ގޮތުން، ޕޮލިޓިކަލް އައިޑޮލޮޖީގެ ގޮތުން އަޅުގަނޑުމެން ދިމާނުވާތީ ނޫނީ އަޅުގަނޑުމެން ގަބޫލުނުކުރާ ކަންތައްތަކެއް ހުރީމައެއް ނޫން. އެކަމަކު ދެ ޝައިތާނުން ވެސް އެއްގަލަށް އަރާނެ ދެއްތޯ އެއަށްވުރެ ބޮޑު ޝައިތޯނަކު ދުއްވާލަން ވެއްޖެއްޔާ،" ޔާމީން ވިދާޅުވި އެވެ.