މޫސާ ޖަލީލަކީ މުއިއްޒުގެ އަޅެއް، މާލޭގެ މައްސަލަތައް އޭނާއަށް ހައްލެއް ނުކުރެވޭނެ: ޔާމީން
އަދަދު
28 ފެބްރުއަރީ 2026 | ހޮނިހިރު | 3:58
ރައީސް މުހައްމަދު މުއިއްޒު ދައްކަވާ ކެންޑިޑޭޓަކު ހޮވައިގެން މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާލޭ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދަށް ތާއީދު ހޯދުމަށް ރޭ ހުޅުމާލޭ ފޭސް 1 ގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު" ކަމަށްވާއިރު، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، އޭނާއަކީ ރައީސް މުއިއްޒުގެ ފައިތިލަ މަތިން ހިނގާ "އަޅެއް" ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަކީވެސް ރައީސް މުއިއްޒުގެ "ޕްރޮކްސީ" އެއް ކަމަށް ސިފަކުރައްވައި، އޭނާގެ އާއިލީ ކުންފުނި އާރުސީސީ މެދުވެރިކޮށް ދައުލަތުގެ މުއްސަނދިކަން ވަކި ބައެއްގެ ޖީބަށް ވަންނަ ގޮތަށް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.