ހަނގުރާމައިގެ ލޮޅުން ރާއްޖޭގެ ޓޫރިޒަމަށް، ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓު މަދުވާނެ!
އަދަދު
28 ފެބްރުއަރީ 2026 | ހޮނިހިރު | 6:06
މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކަށް އިރާނުން ރައްދު ހަމަލާ ދޭން ފެށުމުގެ ގަލްފުގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މައިގަނޑު ދެ ޓްރާންސިޓް ހަބް ކަމުގައިވާ ދުބާއީ އާއި ދޯހާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް މިއަދު ހުއްޓާލައިފަ އެވެ. އެހެންވެ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ފްލައި ދުބާއީގެ ހުރިހާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ.