އިރާން ހަނގުރާމަ: މުއިއްޒު ސަރުކާރުގެ "ހިމޭން ކަމަށް" ފައްޔާޒުގެ ފާޑުކިޔުމެއް

އަދަދު

28 ފެބްރުއަރީ 2026 | ހޮނިހިރު | 7:28

އިރާންގެ ހަނގުރާމަ ގޯސްވެ ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަނުކުރާތީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި އިރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ނުސީދާކޮށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ދިވެހިރާއްޖޭގައި ސަރުކާރެއް އެބައޮތްތޯ؟ މިހާރު އިރާނަށް އެ ދޭ ހަމަލާތަކުގެ ނުސީދާ އަސަރު އެންމެ ފުރަތަމަ ކުރާނޭ އެއްގައުމަކީ ދިވެހިރާއްޖެ؟ މި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތައް ރައްޔިތުންނަށް ބުނެދީ، ދެން އަޅަންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދިނުމުގެ ޒިންމާ އޮތީ ސަރުކާރަށް. އެކަމުގައި ރައްޔިތުން ބަރޯސާ ވާނީ ސަރުކާރުގެ ބަހަށް،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް