ހަމަލާތައް ކުށްވެރިނުކޮށް، ސަރުކާރުން އެންގީ މެދުއިރުމަތީގެ ތިބި ދިވެހިން ގޭގައި ތިބެން
އަދަދު
28 ފެބްރުއަރީ 2026 | ހޮނިހިރު | 10:11
އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދިއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވާން ދިވެހި ސަރުކާރުން މިރޭ އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ހަމަލާތައް އަމާޒު ވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ގެއިން ނިކުތުން މަދުކުރުމަށާއި، އެ ގައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދާ އެއް ގޮތަށް އަމަލުކުރަން ބުނެފަ އެވެ.
"މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މި މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން މިދަނީ ގާތުން ބަލަމުން،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.