ތެޔޮ ސަޕްލައި ކަށަވަރުކުރާނެ ކަމަށް ފިނޭންސުން ބުނެފި
އަދަދު
1 މާރިޗު 2026 | އާދިއްތަ | 1:39
މެދުއިރުމަތީ ހަނގުރަމާއިގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތް ވާނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
މިކަން ހާމަކޮށް ފިނޭންސުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަަމަށެވެ. މިހެންކަމުން، ތެލުގެ ސަޕްލައި ކަށަވަރުކުރަން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ފިޔަވަޅު އަޅަމުންދާނެ އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ކޮށްފާނެ އަސަރުތައް އެ މިނިސްޓްރީން ވަރަށް ބޮޑަށް ދިރާސާކުރަމުން އަންނަ ކަަމަށް ވެސް ބުނެފަ އެވެ.