ސާވޭއިން ދައްކަނީ ދިވެހިން އެންމެ ރުޅި އަންނަނީ އެމެރިކާ ދެކެ ކަމަށް
އަދަދު
1 މާރިޗު 2026 | އާދިއްތަ | 11:51
ދިވެހިން އެންމެ ރުޅި އަންނަ ގައުމަކީ ނުވަތަ އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ޖުމްލަ 391 މީހުންނަށް ގުޅައިގެން ބާނި ސެންޓަރުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން އަދި ޒުވާނުން ވެސް އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ އެވެ.
އެ ސާވޭގައި 10 އަކުން އެމެރިކާއަށް ލިބުނީ 3.5 އެކެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ދިވެހިން އެންމެ ރަނގަޅަށް ބަލައިގަންނަނީ ސައުދީ އަރަބިއްޔާ އަދި ޗައިނާ އެވެ. އެ ދެ ގައުމަށް 10 އަކުން 6.9 ލިބުނެވެ.