މެދުއިރުމަތީގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ގާތުން އެބަ ބަލަން: ހަޔާ އެޑިއުކޭޝަން
އަދަދު
1 މާރިޗު 2026 | އާދިއްތަ | 12:18
މެދުއިރުމަތީގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"ވަރަށް ގާތުން ހާލަތު ބަލައި، ކަމާބެހޭ ފަރާތްތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން އެބަ މަސައްކަތް ކުރަން،" ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.