އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަދަދު
1 މާރިޗު 2026 | އާދިއްތަ | 4:00
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ފިލައިގެން ތައިލެންޑުގެ ބެންކޮކްގައި އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.
ފުލުހުން ބުނީ ފެބްރުއަރީ 21، ގައި އަގީލް ރާއްޖެ ގެނައުމަށްފަހު، އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އަގީލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.