ހާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރިކުރަން މުއިއްޒު އިންކާރު ކުރައްވައިފި
އަދަދު
2 މާރިޗު 2026 | ހޯމަ | 1:45
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރިކުރަން ރައީސް މުހައްމަދު މުއިއްޒު އިންކާރު ކުރައްވައިފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ހާމަނާއީ އަވަހާރިކޮށްލި މައްސަލައިގައި ދިވެހި ސަރުކާރު ހިމޭނުން އޮތީ ކީއްވެތޯ އާއި އެކަން ކުށްވެރި ނުކުރައްވާނެތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރު ކުރައްވައި އެމަނިކުފާނު ވާހަކަދެއްކެވީ މުޅީން އެހެން މައުލޫއެއްގަ އެވެ.
"މި ހަނގުރާމައިގައި ހަމަ މަރުވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ސުވާލެއް،" ހާމަނާއީ އަވަހާރަވުމަކީ ހިތާމައެއްތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް އިންކާރުކޮށް މުއިއްޒު ވިދާޅުވި އެވެ.