އިޒްރޭލަކީ ޓެރަރިސްޓު ގައުމެއް، އެމެރިކާއިން ދޭ ހަމަލާތައް ވެސް ގޯސް: މުއިއްޒު

އަދަދު

2 މާރިޗު 2026 | ހޯމަ | 12:00

އިޒްރޭލަކީ ޓެރަރިސްޓު ގައުމެއް ކަމަށާއި އެމެރިކާއިން މިހާރު ދެމުން އަންނަ ހަމަލާތައް ވެސް "ގޯސް" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި މުއިއްޒު ވަނީ 304 ދުވަސް ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންތަކެއް ވަނީ އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރި ނުކުރާތީ ސުވާލު އަމާޒުކޮށްފަ އެވެ.

"އިޒްރޭލުން ހަމަލާ ދިނުން ގޯސް، އިޒްރޭލުން އެއީ ވަރަށް ހަރުކަށިކޮށް ދަންނަވަމުން މި ދަނީ، އެއީ ޓެރަރިސްޓު ގައުމެއް ދެއްތޯ، ފަލަސްތީނު އެ ދަނީ ސުންނާފަތި ކުރަމުން. އެމެރިކާއިން އެ ދޭ ހަމަލާ ވެސް ގޯސް، ހުރިހާ ފަރާތެއް ވެސް ގޯސް،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް