ކެންޔާ އާއި އައްޑޫ އާއި ޖަކާޓާއާ ދެމެދު ޓްރޭޑް ރޫޓެއް ގާއިމް ކުރަން ނަޝީދު މަސައްކަތް ކުރައްވަނީ

އަދަދު

2 މާރިޗު 2026 | ހޯމަ | 8:50

ދިވެހިރާއްޖޭގެ އައްޑޫ އާއި ކެންޔާގެ މުމްބާސާ އާއި އިންޑޮނީޝިއާގެ ޖަކާޓާއާ ދެމެދު އިކޮނޮމިކް ޓްރޭޑް ރޫޓެއް ހަދަން ގާއިމް ކުރުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފައްޓަވައިފި އެވެ.

ނަޝީދުގެ ހިޔާލަކީ، މުމްބާސާއިންް ފަށައިގެން އައްޑޫއަށް ގޮސް، ޖަކާޓާއަށް ރޫޓު ނިންމާ ގޮތް ހެދުމެވެ. އެމަނިކުފާނު ތަސައްވުރަކީ މި ތިން ތަނުގެ މެދުގައި "ގްރީން އިކޮނޮމިކް ކޮރިޑޯ" އެއް ގާއިމް ކުރުމެވެ.

އެކްސްގައި ޕޯސްޓު ކުރެއްވި ވީޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ އަރިހުގައި އެ ވާހަކަ ދެއްކެވުމުން އެކަން ކުރަން ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި އެވެ. ދިވެހި ސަރުކާރާއި އިންޑޮނީޝިއާއިން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް ހަގީގަތަކަށް ހެދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް