ހާމަނާއީ އަވަހާރަކޮށްލި ކޮށްލުން އިހުލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން ކުށްވެރިކުރަން: މައުމޫން

އަދަދު

2 މާރިޗު 2026 | ހޯމަ | 11:15

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާއެއްގައި އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލި ކޮށްލުން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި މިރޭ އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލި ކޮށްލުން އިހުލާސްތެރި މުސްލިމެއްގެ ހައިިސިއްޔަތުން ކުށްވެރިކުރައްވާ ކަމަށެވެ.

"އިހުލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި އަވަހާރަކޮށްލުން އަޅުގަނޑު ކުށްވެރިކުރަން. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި، މި ފުން ހިތާމައިގެ ވަގުތުގައި އެމަނިކުފާނުގެ އާއިލާއަށާއި ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރައްވާށި،" މައުމޫން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް