ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ބުނެ ފައިސާ އެބަ ނަގާ، ސަމާލުވޭ!
އަދަދު
3 މާރިޗު 2026 | އަންގާރަ | 11:01
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ހޯދައި ދޭނެ ކަމަށް ބުނެ، މީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެކި ފަރާތްތަތަކުން ހިންގާ މިފަދަ އޮޅުވާލުންތަކާއި ސްކޭމްތަކަށް އާންމު ރައްޔިތުން ސަމާލުވުމަށާއި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާ ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައި އެވެ.
"ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލެއް ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މުއުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުއްވައި އެކަން ރިޕޯޓުކުރުމަށް އެދެން،" އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެދިފައި އެވެ.