ވައުދާ އެއްގޮތަށް ޑޮލަރުގެ އަގު ތިރިނުކުރެވުނު ސަބަބެއް އިގުތިސާދީ މިނިސްޓަރަށް ކިޔައިނުދެވުނު

އަދަދު

3 މާރިޗު 2026 | އަންގާރަ | 11:48

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުކުރެވުނު ސަބަބެއް އިގުތިސާދީ މިނިސްޓަރު މުހައްމަދު ސައީދަކަށް ވިދާޅެއްނުވެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ތިރި ކުރާނެ ކަމަށް މަޖިލީސް އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ސައީދު ކުރިން އޮތީ ވިދާޅުވެފަ އެވެ. މިއަދު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސައީދު ދެއްކެވީ މުޅިން އެހެން ވާހަކައެކެވެ.

"ކިހާ ރަނގަޅުތޯ އަޅުގަނޑުމެންނަށް ސުޕަމެޖޯރިޓީ ލިބުނީމަ. އެއީ ކަންބޮޑުވުމެއް ނެތި ސުކޫކު ވެސް އަދާ ކުރެވެނީ. އަދި ރައްޔިތުންނަށް މީގެ ކުރިން ސަރުކާރުތަކުން ކޮށްދީފައި ހުރި ކަންތައްތަކަށް، އަޅުގަނޑު ފާޑެއް ނުކިޔަން އެއްވެސް ސަރުކާރަކުން ކުރި ކަމަކަށް، އެހެން ނަމަވެސް ކުރިއަރައިދާ އިތުރު ކަންތައްތަކެއް އެބަ އާދޭ. މިސާލަކަށް ވޭޕު މަނާވުން، މިސާލަކަށް ސިނގިރޭޓުގެ ޖެނެރޭޝަނަލް ބޭންއެއް އައުން، ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުން، އާ ގިނަ އެއާޕޯޓުތަކެއް، ޓްރާންސްޕޯޓު ތެރޭގައި ކުރިން ގާއިމް ނުކުރެވިފައި ހުރި އަތޮޅުތަކުގެ ތެރޭގައި ވެސް ފެރީ ނެޓްވޯކް ގާއިމް ކުރެވިގެން ދިޔުން،" ސައީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް