އައްޑޫގެ ޑްރަގު ނެޓްވޯކެއްގެ ބޮޑުން ކަމަށް ބުނި މީހުންގެ މައްޗަށް ހެކި ނެތުމުން ދޫކޮށްލުމަށް ޕީޖީގެ ލަފާ
އަދަދު
3 މާރިޗު 2026 | އަންގާރަ | 11:48
އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން ވެސް ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ފުލުހުންނަށް ލަފާ ދީފި އެވެ.
ޕީޖީން ބުނީ މި މައްސަލައިގައި ތަހުގީގު ކުރުމަށް ގަނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވޭ،" ޕީޖީން ބުންޏެވެ.