ކައުންސިލް އިންތިހާބުގެ ނިވަލުގައި ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ބަގާވާތެއް ކަމަށް ސޯލިހު ވިދާޅުވެއްޖެ
އަދަދު
3 މާރިޗު 2026 | އަންގާރަ | 12:58
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިއްރިއްޔާތުގައި ކުރާ ބަގާވާތެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ "ނޫނެކޭ" ކެމްޕޭނުގެ ދަށުން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ އެއީ ގާނޫނުއަސާސިއާ ދެކޮޅަށް ކުރާ ބަގާވާތެއް ކަމަށް ވިދާޅުވެފަ އެވެ.
"އެ އިންތިހާބާ އެކީގައި ސިއްރިއްޔާތުގައި ސިއްރުސިއްރުން މި ސަރުކާރުން ކުރަން އުޅޭ ބޮޑު ބަގާވާތެއްގެ ވާހަކަ. ގާނޫނުއަސާސީއަށް ގެންނަ ބޮޑު ބަގާވާތެއްގެ ވާހަކަ. އެހެން ނޫންނަމަ މި އިންތިހާބުގެ ފަހަތުގައި ސިއްރުން މި ވޯޓާ ހަމައަށް ގެންދާކަށް ނުޖެހޭނެ. މިއަދު ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ބާރު ކަނޑުވާލައި، ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް މި ގައުމު ގެންދަން ކުރާ މަސައްކަތް،" ސޯލިހު ވިދާޅުވި އެވެ.