އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފުކޮށްފި

އަދަދު

3 މާރިޗު 2026 | އަންގާރަ | 2:04

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި މައްސަލަ ހައި ކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިބަސް ނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ގަރީނާ ވަޒަންކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ފެންނަ ކަމަށެވެ.

"އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިން. މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށް،" ޕީޖީން ބުންޏެވެ.

މައުޟޫޢުތަށް