އެއާޕޯޓުތަކަށް ހަރަދުވާ ވަރެއް ފިނޭންސުން ނުބުނި، ހަރަދު ކުރި ވަރު ބުނީ ނުބައިކޮށް
އަދަދު
4 މާރިޗު 2026 | ބުދަ | 2:59
ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓުތަކަށް ހިނގާނެ ހަރަދު ހިއްސާކޮށްދޭން ފިނޭންސް މިނިސްޓްރީގައި އެދުމުން ކުރި ސުވާލުތަކަށް ޖަވާބު ނުދީ، ޖުމްލަ ހަރަދުކުރި ކަމަށް ބުނެ ގޯސް އަދަދުތަކެއް އެ މިނިސްޓްރީން ހިއްސާކޮށްފި އެވެ.
ފިނޭންސަށް ހުށަހެޅި އާރުޓީއައިއެއްގައި އަދަދު އިން އެދުނީ މި ސަރުކާރުގެ ޕްލޭނުގެ ދަށުން ހަދާ އެއާޕޯޓުތަކުގެ އަދަދާއި، އެ މަޝްރޫއުތަކުގެ ޖުމްލަ ބަޖެޓާއި ކޮންމެ އެއާޕޯޓަކަށް ހިނގާނެ ހަރަދު ހިއްސާކޮށްދިނުމަށެވެ. ފިނޭންސުން ދިން ޖަވާބުގައި މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައި ނެތެވެ.
އޭގެ ބަދަލުގައި އެ މިނިސްޓްރީން ދިނީ މިދިޔަ އަހަރާއި މި އަހަރު އެއާޕޯޓުތަކަށް ބަޖެޓު ކުރި ވަރާއި ހަރަދު ކުރި ވަރެވެ. މި އަދަދު ހިއްސާކުރިއިރު އާރުޓީއައިގައި ދިން އަދަދާއި މިނިސްޓްރީން ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި އޮތް އަދަދާ ހާސްބައި ތަފާތެވެ.