ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި
އަދަދު
4 މާރިޗު 2026 | ބުދަ | 4:23
މިދިޔަ ސަރުކާރުގެ ދުވަސްވަރު އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު، އާމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.
އެކްސްގައި ޝައުނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން އޭސީސީއަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ މިނިސްޓަރުކަމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އަޅުގަނޑާ އިއްޔެ ސުވާލުކުރީ އިކޮނޮމިކް ކައުންސިލްގެ ލަފަޔަކާ ގުޅޭގޮތުން،" އެކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އަދަދު އިން ސުވާލުކުރުމުން ޝައުނާ ވިދާޅުވި އެވެ.