ޚާމަނާއީ އަވަހާރަކޮށްލިތާ 48 ގަޑިއިރުވީއިރު ވެސް ސަރުކާރު ހިމޭނުން، އާންމުން ރަތަށް!

އަދަދު

3 މާރިޗު 2026 | އަންގާރަ | 4:00

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލިތާ 48 ގަޑިއިރު ވެގެންދިޔައިރު، ވެސް ދިވެހި ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮންނާތީ އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކުގައި އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލީ އިއްޔެރޭ ފަތިހު އެވެ. ނަމަވެސް މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް ދިވެހި ސަރުކާރުން އަދި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފައެއް ވެސް، އަދި ތައުޒިޔާ ފޮނުއްވައިފައެއް ވެސް ނުވެ އެވެ.

އެކަމާ ނުރުހުން ފާޅުކޮށް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ހިިޔާލުފާޅުކުރި މީހުން ބުނީ މުސްލިމަކަށް ވިޔަސް ނުވަތަ އެހެން ދީނެއްގެ މީހަކަށް ވިޔަސް ހަމަލާއެއްދީ މަރާލުން އެއީ ކުށެއް ކަމަށާއި އެކަން ކުށްވެރިކުރަން ނުކެރުމަކީ ދެފުށްގެދޮތްކަން ކަމަށެވެ.

މައުޟޫޢުތަށް