ދެ މަސް ވޭތުވީ ފަހުން ސަރުކާރުގެ މި އަހަރުގެ ފުރަތަމަ ފިސްކަލް ރިޕޯޓު ޝާއިއުކޮށްފި
އަދަދު
3 މާރިޗު 2026 | އަންގާރަ | 11:32
މި އަހަރުގެ އެއްވެސް ހަފުތާއެއްގެ ފިސްކަލް ރިޕޯޓުތައް ޝާއިއުނުކޮށް ތިބުމަށް ފަހު، އަހަރުގެ ފުރަތަމަ ދެ މަސް ވޭތުވީ ފަހުން ފުރަތަމަ އަށް ހަފުތާގެ މާލީ ހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ފިނޭންސް މިނިސްޓްރީން މިރޭ އާންމުކޮށްފި އެވެ.
ފިނޭންސުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރަށް 7.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، ލޯނު ހަރަދާއި އިންވެސްޓުމަންޓުތައް ހިމެނޭހެން 6.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ސަރުކާރުން އަހަރު މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރީ ސަރުކާރުގެ ހިންގުމުގެ ހަރަދުތަކަށް (2.8 ބިލިއަން ރުފިޔާ) އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ މުސާރަތައް ދިނުމަށް (2.6 ބިލިއަން ރުފިޔާ) އެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ 5.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.