އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ކުންފުނިން 100 އެއްހާ މީހުންނަށް ލަނޑު ދީފި
އަދަދު
4 މާރިޗު 2026 | ބުދަ | 12:26
އުމްރާގެ އަޅުކަމަށް މައްކާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ނަމަކަށް ކިޔާ ކުންފުންޏަކުން 100 އެއްހާ ދިވެހިންނަށް ބޮޑު ލަނޑެއް ދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އަލް އަބްރާރް ކުންފުނި މެދުވެރިކޮށް އުމްރާއަށް ނުފުރިގެން އުޅޭ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ އިއްޔެ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އުމްރާއަށް ނުފުރި ރަށްރަށުން އައި މީހުން ވެސް ހާސްކަމުގެ ތެރޭގައި ތިބި ކަމަށާއި ނުފުރުނު މީހުންގެ ތެރެއިން 28 މީހަކު އަމިއްލައަށް ހަރަދުކުރާ ގޮތަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިހާރު އުމްރާއަށް ފުރުވާފައިވާ ކަމަށެވެ.