ރިޔާސީ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ހަދާނެ ތާރީހެއް މިނިސްޓަރަށް ނުބުނެވުނު
އަދަދު
4 މާރިޗު 2026 | ބުދަ | 11:54
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއަށް ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ކުޑަނުވާނެ ގޮތް ހެދޭނެ ތާރީހެއް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް ވިދާޅެއްނުވެވުނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރިޔާސީ ވައުދު ފުއްދަން ކަމަށެވެ. އަދި "އަޅުގަނޑުމެން މި ދަނީ އެ ދިމާލަށް" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ އެ [މަހުގެ އަގު ބޮޑު ކުރުމާ] ދިމާލަށް. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބެލީ ބަރާބަރަށް މަސްވެރިން ބާނާ މަހަށް، މިފްކޯއަށް ކިރާ މަހަށް މަސްވެރިންނަށް ފައިސާ ދެވޭތޯ،" ޝިޔާމް ވިދާޅުވި އެވެ.