ގޯތި ގެދޮރު ޕްރޮގްރާމާއި ބިންވެރިޔާ ހާއްސަ ސްކީމުގެ ދަށުން ބިން ދޫކުރާ އުސޫލު އާންމުކޮށްފި
އަދަދު
4 މާރިޗު 2026 | ބުދަ | 12:54
މި ސަރުކާރުގެ ގޯތި ގެދޮރު ޕްރޮގްރާމުގެ ދަށުން އަދި ބިންވެރިޔާ ހާއްސަ ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބިން ދޫކުރުމުގެ އުސޫލު ހައުސިން މިނިސްޓްރީން އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި ގޯތި ގެދޮރު ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަކީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން އެ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދިނުމުގެ އުސޫލެވެ.
އެ އުސޫލުގެ ދަށުން ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ދަށުން ރަސްމާލެއިން ގޯތި ދޫކުރާއިރު، އެ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ.