ސްކޭމްތައް ހުއްޓުވަން ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

އަދަދު

4 މާރިޗު 2026 | ބުދަ | 2:56

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ލަނޑު ދެމުންދާތީ އެކަން ހުއްޓުވުމަށް ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް އަދަދު އަށް ވިދާޅުވީ ސްކޭމްތައް މަދުކުރުމަށް އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް ރާއްޖޭގައި ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އައުމުން އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބުތައް ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށެވެ.

"ހައްޖާއި އުމްރާގެ ކަންތައްތައް މެނޭޖްކުރުމާއި ބެހޭ ގާނޫނު ވަރަށް ގިނަ ގައުމުތަކުގައި އޮވޭ. ރާއްޖޭގައި ވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ގާނޫނެއް ވުޖޫދު ކުރުމަށް. މިކަހަލަ މީހުންނަށް އަދަބު ދެވޭނެ ސީދާ ގޮތެއް ކަނޑައަޅަން އެބަޖެހޭ. އެއީ ވަރަށް މުހިންމު ކަމެއް ގާނޫނެއް އޮތުން،" ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް