މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން: އެމްޑީޕީ
އަދަދު
4 މާރިޗު 2026 | ބުދަ | 3:19
މުހައްމަދު މުއިއްޒު ކައުންސިލްތައް ކުށްވެރިކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ 57 ރަށެއްގެ ކައުންސިލަކުން މަޝްރޫއުތައް ކުރިއަށް ގެންދަން ހުރަސްއަޅާފައިވާ ކަމަށް މުއިއްޒު ފާހަގަކުރައްވާފައިވާތީ އެ ކައުންސިލުތަކުގެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ސަރުކާރުން މުއިއްޒު ފާހަގަކުރައްވާ ކައުންސިލްތަކުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށާއި އެކަން ނުވެސް ކުރެވޭނެ ކަމަށް ޗެލެންޖު ކުރައްވާ ކަމަށެވެ.