ދަރިވަރުންގެ ސްޓައިޕެންޑު ގިނަ ފަހަރު ލަސްވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ ސަބަބުން ކަމަށް ހައިދަރު ވިދާޅުވެއްޖެ
އަދަދު
4 މާރިޗު 2026 | ބުދަ | 7:48
ރާއްޖޭން ބޭރުގައި ސަރުކާރުގެ ހަރަދުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ގިނަ ފަހަރު ލަސްވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެންދާ މައްސަލަ ބައެއް ދަރިވަރުން އަންނަނީ ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ތިލަކުރަމުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވި ގޮތުގައި މިހާރު ފައިސާ ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ލަސްވުމެއް އަންނަނީ އެ ފައިސާއަކީ ތިން އިދާރާއަކުން ބަލާފައި ފައިސާއަކަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.