ހުޅުމާލެއިން ބިން ކުއްޔަށް ދޫކޮށްގެން އެފްއޭއެމްއަށް ލިބުނު 29 މިލިއަން ރުފިޔާ ވަނީ ގެއްލިފައި: އޮޑިޓު

އަދަދު

4 މާރިޗު 2026 | ބުދަ | 10:58

ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް އެފްއޭއެމްއަށް ދޫކުރި ބިމުގެ 12 ބްލޮކް ކޮމާޝަލް ބޭނުންތަކަށް ކުއްޔަށް ދޫކޮށްގެން ހަތަރު އަހަރު ތެރޭގައި އެފްއޭއެމްއަށް ލިބުނު 52 މިލިއަން ރުފިޔާގެ ތެރެއިން 29 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމު ކުރުމަށް އެފްއޭއެމްއަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓުގައި ބުނެފައި ވަނީ ހުޅުމާލެއިން އެފްއޭމްއަށް 2021 ވަނަ އަހަރު ދޫކުރި ބިމުގެ ބައެއް ކުއްޔަށް ދޫކޮށްގެން 2025 ގެ ނިޔަލަށް ޖުމުލަ 56 މިލިއަން ރުފިޔާ އެފްއޭއެމްއަށް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް، އެ ފައިސާގެ ތެރެއިން އެފްއޭއެމްއަށް ލިބި ބަލައިގެންފައިވާކަން ރެކޯޑުތަކުން އެނގެން ފެންނަން ހުރީ 52 މިލިއަން ރުފިޔާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

ސަބްލީސް އެއްބަސްވުންތަކުގެ ދަށުން އެފްއޭއެމްއަށް ލިބުނު ފައިސާގެ ތެރެއިން ޖުމުލަ 29.6 މިލިއަން ރުފިޔާ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މައުޟޫޢުތަށް