ބީއެމްއެލްގެ އިސްތިހާރެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އެއްޗެއް ދައްކައިފި

އަދަދު

5 މާރިޗު 2026 | ބުރާސްފަތި | 12:29

ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ އާންމު ކުރި އިސްތިހާރެއްގައި، ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އާލާތެއް ކަމަށްވާ ގުޑުގުޑާއެއް ދައްކައިފި އެވެ.

ދުންފަތް އިސްތިއުމާލު ކުރަން ބޭނުން ކުރާ ގުޑުގުޑާގެ ފޮޓޯއެއް ބީއެމްއެލް އިން ބޭނުން ކުރީ، ރޯދަ މަހަށް އެ ބޭންކުން ހިންގާ ޕްރޮމޯޝަނެއްގެ އިސްތިހާރުގަ އެވެ. އެއީ ރާގެއް ދިމާކޮށްގެން ރޯދަ ވީއްލުމަކާއި ބީއެމްއެލްގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެކެވެ.

ބީއެމްއެލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި އެ އިސްތިހާރު ވަނީ އާންމުކޮށްފަ އެވެ. މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ބީއެމްއެލްގެ ބަހެއް ލިބޭތޯ މި ނޫހުން މަސައްކަތްކޮށްފައިވާނެ އެވެ.

މައުޟޫޢުތަށް