ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދޭ: ނާޒިމް
އަދަދު
5 މާރިޗު 2026 | ބުރާސްފަތި | 2:12
ރާއްޖެއިން ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް ހަރުފަތަކަށްފަހު ހަރުފަތެއް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަޝްވަރާ ކުރަމުންދާ ކަތައްތަކުގެ ވާހަކަ ތި ވިދާޅުވީ. ޝީޝާ އާއި ހަކުރާއި އެނގޭތޯ. ދެން މިކަމުގައި އެންމެ މުހިންމު ކަމަކީ ޕަބްލިކް ހެލްތު ޕާސްޕެކްޓިވްއަކުން ދެން އާސިމާ ފާހަގަކުރެއްވި ފަދައިން ރައްޔިތުންގެ އެވެއާނަސް އިތުރުކޮށް، ހަރުފަތަކަށްފަހު ހަރުފަތެއް އެއަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން،" ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެން ނާޒިމް ވިދާޅުވި އެވެ.