އެފްއައިޔޫގެ ވެރިޔަކަށް އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައި ހުރި އިޝާން އައްޔަނުކޮށްފި

އަދަދު

5 މާރިޗު 2026 | ބުރާސްފަތި | 2:23

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމަށް މުހައްމަދު އިޝާން މިއަދު އައްޔަނުކޮށްފި އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓުގެ ވެރިޔަކަށް އައްޔަނުކުރި އިޝާން މީގެ ކުރިން ހުންނެވީ މަރުކަޒީ ބޭންކުގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގަ އެވެ.

މި މަގާމަށް އޭނާ ހޮވުނީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމަށް އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށްގެން ކަމަށް އެ އިދާރާއިން ބުނެ އެވެ.

މައުޟޫޢުތަށް