މެދުއިރުމައްޗަށް ހަނގުރާމައަށް ދިޔަފަހުން ތުރުކީގައި ތާށިވި ދެ ދިވެހިން ރާއްޖެ ގެނެސްފި

އަދަދު

5 މާރިޗު 2026 | ބުރާސްފަތި | 5:03

މެދުއިރުމަތީ ގައުމަކަށް ހަނގުރާމައަށް ގޮސް ފަހުން ތުރުކީއަށް ހިޖުރަކޮށް, ތާށިވެފައި ތިބި ތިން ދިވެހިންގެ ތެރެއިން ދެ ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ތިން ދިވެހިން ތުރުކީ ސަރުކާރުން ޑިޓެއިންކޮށް ދިވެހި ސަރުކާރަށް އެންގުމާއެކު، ދެ ދިވެހިން ރާއްޖެ ގެނެވުނީ ރާއްޖޭގެ އެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މިގޮތުން ރާއްޖެ ގެނެސްފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ އެވެ. އެ ކުއްޖާ އާއި މަންމައަށް ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގައި ދަނީ ހިދުމަތް ދެމުންނެވެ.

މައުޟޫޢުތަށް