ވިލާ ކޮލެޖުގެ މެއި އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަދަދު
5 މާރިޗު 2026 | ބުރާސްފަތި | 8:52
ވިލާ ކޮލެޖުގެ ކުރިއަށް އޮތް މެއި 2026 އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންޓޭކުގައި ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަ ސައިންސް، ސައިބަރ ސެކިއުރިޓީ، އިންޖިނިއަރިނގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް)، ނާސިން، ލޯ، ބިޒްނަސް މެނޭޖްމަންޓް، ސައިކޮލޮޖީ އަދި ޓީޗިން ފަދަ މުހިންމު ގިނަ ދާއިރާތަކެއް ހިމެނެއެވެ.
ވިލާ ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަސިޓީ، އަދި މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަސިޓީތަކުގެ ޕްރޮގްރާމްތައް ރާއްޖޭގައި ތިބެގެން ފުރިހަމަކުރުމުގެ މަގު ފަހިކޮށްދެމުންނެވެ.