މެންބަރު ސައުދާގެ އެކައުންޓަށް ނަގުދު ފައިސާއިން 2.4 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފަޅާއަރައިފި!
އަދަދު
5 މާރިޗު 2026 | ބުރާސްފަތި | 9:49
ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފަޅާއަރައިފި އެވެ.
ސައުދާގެ އެކައުންޓަށް މިލިއަނުން ނަގުދު ފައިސާ ޖަމާކުރި މައްސަލަ މަރުކަޒީ ބޭންކަށް ވެސް ފްލެގު ވެފައިވާކަން އަދަދު އަށް ވަނީ އެނގިފަ އެވެ. އަދި މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެ މައްސަލަ މިހާރު ބަލަމުންދާކަން ވެސް އެނގިފައިވެ އެވެ.
މި ނޫހުން ގުޅުމުން ސައުދާ ވަނީ އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާނެ ކަމަށް އެއްބަސްވެފަ އެވެ. ސައުދާ ވިދާޅުވީ އެއީ ވިޔަފާރިވެރިއެއްގެ އަތުން އޭނާ ނެންގެވި ސްޓޫޑެންޓް ލޯނެއް ކަމަށެވެ.