އިރާނުގެ ރޫހާނީ ލީޑަރު ކަނޑައެޅުމުގައި އަހަރެން ބައިވެރިވާންޖެހޭ: ޓްރަމްޕް
އަދަދު
6 މާރިޗު 2026 | ހުކުރު | 8:49
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ މަގާމަށް ދެން އަންނާނެ ބޭފުޅަކު ކަނޑައެޅުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ އަމާޒަކީ އެމެރިކާއަށް ތާއީދުކުރާނެ ފަދަ އާ ލީޑަރަކު އިރާނުގެ ވެރިކަމަށް ގެނައުމެވެ.
އެކްސިއޯސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރުމާ ދެކޮޅު ހައްދަވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މުޖްތަބާއަކީ އެވަރުގެ ގާބިލު ބޭފުޅެއް ނޫނެވެ.
"އެމީހުން އެ އުޅެނީ ވަގުތު ބޭކާރުކުރަން. ޚާމަނާއީގެ ދަރިއަކީ ބުރަދަނެއް ނެތް މީހެއް. އެ މަގާމަށް މީހަކު އައްޔަންކުރުމުގައި އަހަރެން ބައިވެރިވާން ޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.