އިރާނުގެ މަނަވަރު ލަންކާގެ ބަނދަރަށް ވައްދައިފި
އަދަދު
6 މާރިޗު 2026 | ހުކުރު | 12:09
އެމެރިކާގެ ސަބްމެރީނަކުން އިރާނުގެ ހަނގުރާމަމަތީ މަނަވަރަކަށް ހަމަލާދީ ފައްތާލާފައި ވަނިކޮށް، އިރާނުގެ މަނަވަރެއް ސްރީލަންކާގެ ސިފައިންގެ ބެލުމުގެ ދަށުން ގެނެސް، އެ ގައުމުގައި ބަނދަރުކުރުމަށް ފުރުސަތު ދީފި އެވެ.
އިރާނުގެ އައިރިންސް ބޫޝެރު މަނަވަރަށް ލަންކާއިން އެހީތެރިކަން ދިނީ އެ އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބަނދަރު ކުރުމުގެ ހުއްދައަށް އެދުމުންނެވެ. މި މަނަވަރުގައި ތިބި 208 މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ. އޭގެ ތެރޭގައި 53 އޮފިސަރުންނާއި، 84 ކެޑޭޓުންނާއި، 48 ސީނިއާ ސެއިލަރުން އަދި 23 ފަޅުވެރިން ހިމެނެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ނިންމެވީ އިރުއުތުރުގެ ތްރިންކޮމަލީ ބަނދަރަށް އެ މަނަވަރު ވެއްދުމަށެވެ. އެއީ އިގްތިސާދީ މައި ބަނދަރު ކޮޅުބު ބޭނުންކޮށްފިނަމަ، ކަނޑުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.