ގޯތީގައި އިމާރާތްކުރެވޭނެ އިންތިޒާމު ހަމަޖައްސަން ފަންޑެއް ގާއިމުކުރާނަން: ޒަރިޔަންދު
އަދަދު
6 މާރިޗު 2026 | ހުކުރު | 7:27
މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މާލެ ސިޓީ ކައުންސިލާއި ބޭރުގެ އިންވެސްޓްމަންޓް ބެންކަކާ ގުޅިގެން ސިޓީ އިންވެސްޓްމަންޓް އެންޑް ފައިނޭންސް އެޖެންސީ ނަމުގައި ފަންޑެއް ގާއިމުކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރަކަށް އަމިއްލަގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެވެ.
ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ޒަރިޔަންދު ވިދާޅުވީ އެ ފަންޑު ގާއިމުކުރަނީ މާލޭގެ ރައްޔިތުންނަށް ކުރިން ލިބި ނުހެދިފައިވާ ގޯތިތައް އިމާރާތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން އަލަށް ލިބޭ ގޯތިތައް ވެސް އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މާލޭގެ ރައްޔިތުންނަށް މިހާރު ނެހެދިވާ ގޯތިތަކާއި އަދި އަލަށް ލިބެމުން އަންނަ ގޯތިތައް އިމާރާތް ކުރެވޭނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލާއި ބޭރުގެ އިންވެސްޓްމަންޓް ބެންކެއް ހިއްސާ ހިމެނޭ ފަންޑެއް ގާއިމުކުރުމަށް،" ޒަރިޔަންދު ވިދާޅުވި އެވެ.