ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުނުކުރާތީ ކަންބޮޑުވުން
އަދަދު
6 މާރިޗު 2026 | ހުކުރު | 11:31
ޑިމާންޑާ އެއްވަރަށް އައްޑޫ ސިޓީއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުނުކުރާތީ އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަބްދުއްރަހްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫއަށް ދަތުރުކުރާ ފްލައިޓްތައް އިތުރު ނުކުރުމުގެ ސަބަބުން ޖާގަ ނުލިބޭއިރު، އެހެން ބަޔަކަށް އައްޑޫ ސިޓީއަށް އުދުހުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓައިގެން އުޅޭ ކަމަށެވެ.
"އައްޑު އާއި މާލެއާ ދޭތެރޭ ދަތުރުކުރަން މިފަހަކަށް އައިސް އެއްގޮތަކަށްވެސް މޯލްޑިވިއަން ފްލައިޓުން ޖާގައެއް ނުލިބޭ، ފްލައިޓްތަށް އިތުރެއް ނުކުރެވޭ، ނުކުރެވޭތާގައި އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތެއްނުދޭ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.