ހުލާސާކޮށް އިއްޔެ: ބަންޑާރަ މިސްކިތުގެ ހިމާޔަތުގައި އަޑުއުފުލުން

އަދަދު

7 މާރިޗު 2026 | ހޮނިހިރު | 8:56

ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި އިތުރު މިސްކިތެއް އަޅަން ސަރުކާރުން ގެންގުޅޭ ޕްލޭނާ ދެކޮޅަށް އަޑު އުފުލައި، އެ މިސްކިތަކީ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅަން ގޮވާލަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުންގެ ތެރޭގައި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ އާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު އާއީ ލިޔުންތެރިޔާ އަދުނާން ހަލީމް އާއި ތާރީހު ދިރާސާކުރާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ހިމެނެ އެވެ. މި އެންމެން ވެސް ގަބޫލުކުރަނީ މިއީ ހިމާޔަތްކުރަން ޖެހޭ އާސާރީ ތަރިކައެއް ކަމަށެވެ.

ނާޖިހު އެކްސްގައި ވިދާޅުވި ގޮތުގައި ގަރުނެއް ވާން ގާތްފެފައި ހުރި ބަންޑާރަ މިސްކިތް ނައްތާލުމަކީ އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ، ސަރުކާރުގެ މި ނިންމުން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމަށް ވިދާޅުވެ މި މަސައްކަތް ހުއްޓާލަން އިސްލާމިކް މިނިސްޓްރީއަށާއި ހެރިޓޭޖު މިނިސްޓްރީއަށް ގޮވާލާފަ އެވެ.

މައުޟޫޢުތަށް