ސައުދާއަށް 2.4 މިލިއަން ރުފިޔާގެ ލޯނު ދިނީ ކާކުކަން ވިދާޅެއް ނުވި
އަދަދު
7 މާރިޗު 2026 | ހޮނިހިރު | 11:54
ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަށް 2.4 މިލިއަން ރުފިޔާގެ ލޯނެއް ދިނީ ކާކުކަން އޭނާ ވިދާޅެއް ނުވި އެވެ.
ސައުދާގެ އެކައުންޓަށް މިލިއަނުން ނަގުދު ފައިސާ ޖަމާކުރި މައްސަލަ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ފްލެގްވެފައިވާކަން 'އަދަދު' ނޫހަށް ވަނީ އެނގިފައެވެ. ނަމަވެސް އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާކަން އެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ސައުދާއާ ސުވާލު ކުރުމުން، އޭނާ ވަނީ އެ ފައިސާ އެކައުންޓަށް ޖަމާކުރި ކަމަށް އެއްބަސްވެފައެވެ.