އިޓަލީގެ ކްރޫޒް ޝިޕް ދިޔައީ ރާއްޖޭގައި ތާށިވެފައި ތިބި އެ ގައުމުގެ ރައްޔިތުން ގޮވައިގެން

އަދަދު

7 މާރިޗު 2026 | ހޮނިހިރު | 2:13

މިދިޔަ ހަފުތާގައި ރާއްޖެ އައި އިޓަލީ ކްރޫޒް ޝިޕް އެނބުރި ފުރީ ދިވެހިރާއްޖޭގައި ތާށިވެފައި ތިބި އެ ގައުމުގެ ފަތުރުވެރިންތަކެއް ގޮވައިގެންނެވެ.

އިޒްރޭލާއި އެމެރިކާއިން އިރާދާ ދެކޮޅަށް މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓުތައް ކެންސަލްވެ، އެތައް ބަޔަކު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފަ އެވެ. ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް ވެސް ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ.

ކްރޫޒް މެޕާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު، އެއް ދުވަހަށް ރާއްޖެ އައި ކޮސްޓާ ޑެލީޒިއޯސާ ފުރީ އިޓަލީގެ 28 ފަތުރުވެރިއަކު ގޮވައިގެންނެވެ. އެ މީހުން ކަނޑުމަގުން ފުރުމުގެ އިންތިޒާމްތައް ވެސް އޮތީ ހަމަޖައްސާފައި ކަމަށް އެ ނޫހުން ބުނެ އެވެ.

މައުޟޫޢުތަށް