ތަރިކައިގެ ދަފުތަރު މުރާޖާނުކުރޭ، އޮތީ ހަތް އަހަރުވީ ވަގުތީ ލިސްޓެއް
އަދަދު
7 މާރިޗު 2026 | ހޮނިހިރު | 4:21
ސަގާފީ ތަރިކައިގެ ގާނޫނަށް ހަތް އަހަރު ވެގެން ދިޔައިރު، އެ ގާނޫނުގައި ބުނާ ގޮތަށް ސަގާފީ ތަރިކައިގެ ދަފްތަރު އަދާހަމަކޮށް، މުރާޖާނުކުރާތާ އަހަރުތަކެއް ވެފައިވާ ކަން އެނގިއްޖެ އެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ސަގާފީ ތަރިކައިގެ ދަފްތަރު މުރާޖައާކޮށް، އަންނަ ބަދަލުތައް އާންމުކުރަން ޖެހޭ ކަމަށެވެ.
މި ދަފްތަރު ފެނޭތޯ އަދަދު ނޫހުން ބެލިއިރު ގެޒެޓުން ފެނުނީ މީގެ ހަތް އަހަރު ކުރިން މާޗު 27، 2019 ގައި ޝާއިއުކޮށްފައިވާ "ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރު" އެވެ. އެ ފަހުން މި ދަފްތަރު އަދާހަމަކުރަން ޖެހޭ ތިން މުއްދަތު (2021، 2023، 2025) ފަހަނައަޅައި ދިޔަ ނަމަވެސް އާ ލިސްޓެއް ނުނެރެ އެވެ.